Terms of Use – ކްރޯޝޭ އޮންލައިން ކޯސް

ޚިދުމަތް ބޭނުންކުރުމުގެ ޝަރުޠުތައް (Terms of Use)

Last Updated: June 2026

މި ވެބްސައިޓުން (gadha10.com) ކްރޯޝޭ އޮންލައިން ކޯސް ޕްރީމިއަމް އެޑިޝަން ބައްލަވައިގަންނަވާއިރު، ނުވަތަ ސީޓް ރިޒާވް ކުރައްާއިރު ތިރީގައިވާ ޝަރުޠުތަކަށް އެއްބަސްވެވޭނެއެވެ. ވީމާ، ފައިސާ ދެއްކެވުމުގެ ކުރިން މި ބައި ރަނގަޅަށް ކިޔުއްވުން އެދެމެވެ.

1. ކޯހުގައި ބައިވެރިވުމާއި ބޭނުންކުރުން

  • އަންހެނުންނަށް އެކަނި: މި ކޯހަކީ، ކޯހުގެ ޕޯޓަލް އަދި މުޖުތަމައުތަކަކީ ހަމައެކަނި އަންހެން ބޭފުޅުންނަށް ހާއްސަކުރެވިގެން ކުރިއަށްގެންދާ ބައެކެވެ. ކޯހަށް އެންރޯލްވުމުން ތިޔައީ މި ޝަރުޠު ފުރިހަމަވާ ފަރާތެއްކަން ކަށަވަރުވެއެވެ.
  • އަމިއްލަ ބޭނުމަށް އެކަނި: ކޯހުން ބައްލަވައިގަންނަވާ އެކްސެސްއަކީ ހަމައެކަނި އެއް ޔޫޒަރަކަށް (One user per purchase) ދެވޭ ލައިސެންސެކެވެ.
  • އެކައުންޓް ރައްކާތެރިކަން: ކޯހަށް ވަންނަން ދޭ ލޮގިން ޕާސްވޯޑް އެހެން ފަރާތްތަކަކާ ހިއްސާކުރުމާއި، ނުވަތަ ގިނަ ފަރާތްތަކަކުން އެއް އެކައުންޓެއް ބޭނުންކުރުމަށް ޕާސްވޯޑް ބަދަލުކުރުމަކީ މަނާކަމެކެވެ.

2. ފައިސާ ދެއްކުމާއި އެކްސެސް މުއްދަތު

  • ސީޓް ރިޒަވޭޝަން: ކޮންމެ ޕެކޭޖަކުންވެސް 299ރ. ދައްކަވައިގެން ސީޓް ކަށަވަރު ކުރެއްވޭނެއެވެ. ބާކީވާ ފައިސާ ކޯސް ރަސްމީކޮށް ފެށުމުގެ ކުރިން ދައްކަވައި ނިންމަވަން ޖެހޭނެއެވެ.
  • އެކްސެސް މުއްދަތު: ކޯހުގެ ފިލާވަޅުތައް ބެލޭނީ ކަނޑައެޅިފައިވާ ވަކި މުއްދަތަކަށެވެ. (ބޭސިކް ޕެކޭޖް: 30 ދުވަސް | ބޭސިކް + އެޑްވާންސް އަދި ޓޯއީ ކޯސް: 45 ދުވަސް).
  • ރިފަންޑް ނުދެވުން: ކޯހަށް އެންރޯލްވެ ފައިސާ ދެއްކުމަށްފަހު ނުވަތަ ސީޓް ރިޒާވް ކުރުމަށްފަހު އެއްވެސް ޙާލަތެއްގައި ފައިސާ އަނބުރާ (No refunds) ނުދެވޭނެއެވެ.

3. އިންޓެލެކްޗުއަލް ޕްރޮޕަޓީ (ކޯސް ތަކެތީގެ މިލްކުވެރިކަން)

މި ކޯހުގައި ހިމެނޭ ހުރިހާ ވީޑިއޯ ލެސަންތަކެއް، ޕެޓާންތަކެއް އަދި ކޯސް މެޓީރިއަލްތަކަކީ ކޯސް އުފެއްދި ފަރާތުގެ އަމިއްލަ މިލްކެކެވެ.

  • ކޯހުގެ އެއްވެސް މެޓީރިއަލްއެއް އެހެން ފަރާތްތަކަށް ރިސެލް (Resell) ކުރުމަކީ ހަރުކަށިކޮށް މަނާކަމެކެވެ.
  • ވީޑިއޯތައް ޑައުންލޯޑްކޮށްގެން ނުވަތަ އެހެން ޕްލެޓްފޯމެއްގައި އާންމުކޮށް ހިއްސާކުރުމަކީ މަނާކަމެކެވެ.

4. ޚިދުމަތްތައް ޑެލިވަރީ ކުރުން

ކޯހުގައި ހިމެނޭ ހިލޭ ކްރޯޝޭ ކިޓް ޑެލިވަރީ ކޮށްދިނުމުގައި ތިރީގައިވާ އުސޫލުތަކަށް އަމަލުކުރެވޭނެއެވެ:

  • ކިޓް މުޅިން ހިލޭ ޑެލިވަރީ ކޮށްދެވޭނީ ރަށްރަށަށް ދާ ބޯޓު ފެރީތަކާ ހަމައަށެވެ.
  • މާލެ އަދި ހުޅުމާލޭގެ އިމާރާތްތަކުގެ ހަމައެކަނި ގްރައުންޑް ފްލޯއާ ހަމައަށް ހިލޭ ޑެލިވަރީ ކޮށްދެވޭނެއެވެ. ގްރައުންޑް ފްލޯއިން މައްޗަށް ޑެލިވަރީ ކޮށްދިނުމުގައި އިތުރު ފީއެއް ނެގިދާނެއެވެ.
💬 އިތުރު މަޢުލޫމާތެއް ނުވަތަ ސުވާލެއް އޮތްނަމަ ވައިބަރ ނުވަތަ ވަޓްސްއަޕް އިން 9678020 އަށް ގުޅުއްވާށެވެ.