ގޭގައި ތިބެގެން ކްރޯޝޭ
ދަސްކުރަމާ!
ކޯސް ކުރިއަށްދާގޮތް
އޮންލައިންކޮށް ފަސޭހަކަމާއެކު ކްރޯޝޭ ދަސްކުރާނީ މިހެންނެވެ.
ރެކޯޑެޑް ލެސަންތައް
ފިލާވަޅުތައް ހުންނާނީ ކުރިއާލާ ރެކޯޑުކުރެވިފައެވެ. ސާފު ފުރިހަމަ ވީޑިއޯތަކެއް ލިބޭނެއެވެ.
ބޭނުން ގަޑިއެއްގައި ބަލާލެވޭ
ވަކި ގަޑިއަކަށް ކްލާހަށް ވަންނާކަށް ނުޖެހޭނެއެވެ. ތިބާގެ ހުސްވަގުތުގައި ވީޑިއޯތައް ބަލާލެވޭނެއެވެ.
ބޭނުން ތަނެއްގައި ކިޔެވޭ
ގޭގައި ނުވަތަ ކޮންމެ ތަނެއްގައި ހުރެގެންވެސް، ފޯނުން ނުވަތަ ކޮމްޕިއުޓަރުން ފަސޭހައިން ދަސްކުރެވޭނެއެވެ.
ދަރިވަރުން އަމިއްލައަށް ހަދާފައިވާ ތަކެތި
މިއީ އެއްވެސް ވަރަކަށް ވިޔަން ނޭނގޭ ކުދިން ކޯހުން ދަސްކޮށްގެން ހަދާފައިވާ ރީތި މަސައްކަތްތައް
ޓައި
ބޭންޑްސް
ދަބަސް
ހެޓްސްކުރީގެ ދަރިވަރުންގެ ޚިޔާލު
މި ކޯސް ނިންމި ބައެއް ކުދިންގެ ތަޖުރިބާ
”މާޝާﷲ، ވަރަށް ހިތްހަމަޖޭ ކުރިއަށް ގެންދިޔަ ގޮތް. މިސް އަށް ވަރަށް ބޮޑަށް ޝުކުރިއްޔާ. މިސްގެ އެކްސްޕްލަނޭޝަން ވަރަށް ފުރިހަމަ.“
”ވަރަށް ހިތްހަމަޖެހޭ… މިސްގެ ވީޑިއޯ ލެސަންތައް ވަރަށް ހެލްޕްފުލް ، އަޅުގަނޑަށް އިހުސާސްވީ ލެސަންއަކަށްފަހު ލެސަންއެއް އަޅުގަނޑު އިމްޕްރޫވްވިކަން .. ޝުކުރިއްޔާ މިސް.“
”އަޅުގަނޑު މީ ވިޔާ ކަށީގައި ވެސް ހަމަ އަލަށް ހިފި ކުއްޖެއް. އިންޝާﷲ މިސް ގެ އެހީތެރިކަމާއެކު މިހާރު ސްޓިޗް ތައް ދަސްވެ ގިނަ އެއްޗެހި ތަކެއް ހަދަން ދަސްވެއްޖެ. ތޭންކް ޔޫ މިސް. އަޅުގަނޑު އެދެނީ މިސް މެން ތިކުރާ މަސައްކަތުގައި މާތް ﷲ ބަރަކާތް ލެއްވުން.. އާމީން“
200+
ތަމްރީނުވި ދަރިވަރުން
48
ކާމިޔާބު ބެޗްތައް
10+
އަހަރުގެ ތަޖުރިބާ
100%
އަލަށްފަށަން
ކޯހުން ދަސްވާނެ މޮޑިއުލްތައް
ސްޓެޕް-ބައި-ސްޓެޕްކޮށް ހުރިހާ ބައެއް ފުރިހަމައަށް އެކަށީގެންވާހެން
ކްރޯޝޭގެ ބޭސިކްސް
މައިގަނޑު ސްޓިޗްތައް
ކުރޯޝޭގެ އެކި އުކުޅުތައް
ޕްރޮފެޝަނަލް ފިނިޝިންގް
100% ފްރީ ކްރޯޝޭ ކިޓް!
ކޯހުގައި ބައިވެރިވާ ހުރިހާ ކުދިންނަށް، މަސައްކަތް ފަށަން ބޭނުންވާ ކަށި، ތަފާތު ކުލަކުލާގެ ވޫލް އަދި ސްޓިޗް މާރކަރ, ތިނޯސް ހިމެނޭ ކިޓެއް ޑެލިވަރީ ކޮށްދެވޭނެއެވެ. (ކިޓް މުޅިން ހިލޭ ޑެލިވަރީ ކޮށްދެވޭނީ ރަށްރަށަށް ދާ ބޯޓު ފެރީތަށް އަދި މާލެ، ހުޅުމާލެ، ގޭގެ ގްރައުންޑް ފްލޯއާ ހަމައަށެވެ.)
ކޯހުގެ އަގުތައް
އެކުއްޖަކަށް އެންމެ އެކަށީގެންވާ ޕެކޭޖެއް ޚިޔާރުކުރައްވާ
ބޭސިކް އެކަނި
ބޭސިކް + އެޑްވާންސް
ޓޯއީ ކޯސް
އާންމުކޮށް ކުރާ ސުވާލުތައް
އިތުރަށް އޮޅުންފިލުވަން ބޭނުންވާ މައުލޫމާތުތައް
ކިޓް މުޅިން ހިލޭ ޑެލިވަރީ ކޮށްދެވޭނީ ރަށްރަށަށް ދާ ބޯޓު ފެރީތަށް އަދި މާލެ، ހުޅުމާލެ، ގޭގެ ގްރައުންޑް ފްލޯއާ ހަމައަށެވެ.
މިހާރު 299ރ. ދައްކަވައިގެން ކޮންމެ ޕެކޭޖަކުންވެސް ސީޓް ކަށަވަރު ކުރެއްވޭނެއެވެ. އަދި ބާކީވާ ފައިސާ ކޯސް ރަސްމީކޮށް ފެށުމުގެ ކުރިން ދައްކަވައި ނިންމަވަން ޖެހޭނެއެވެ.
ކޯހަށް އެއްކޮށްފައިސާ ދެއްކުމުން ވެބްސައިޓްގެ ލޮގިން އެއް ލިބޭނެއެވެ. އޭގެއިން ބޭނުން ގަޑިއެއްގައި ފޯނުން ނުވަތަ ކޮމްޕިއުޓަރުން ވީޑިއޯތައް ބަލާލެވޭނެއެވެ.
އާދެ. ވީޑިއޯބަލައިގެން އިންސްޓްރަކްޝަން ފޮލޯކުރަން އިނގޭނަމަ ވެވިދާނެއެވެ. މީގެ ކުރިންވެސް ނުވަ އަހަރުގެ ކުދިން ބައިވެރިވެ މަސައްކަތްތައް ނިތްމާފައިވޭ.
