ގޭގައި ތިބެގެން ކުރޯޝޭ ދަސްކުރަންބޭނުންތޯ؟

މުޅިން އަލަށް ދަސްކުރާ ފަރާތްތަކަށް ހާއްސަކޮށް ތައްޔާރުކޮށްގެން ކުރިއަށްގެންދާ ބޭސިކް ކުރޯޝޭ ކޯސް

މިކޯހުގައި ކިޔަވައިދޭ ބައިތައް

ސްލިޕް ނޮޓް، ޗެއިން ސްޓިޗް، ސިންގަލް ކްރޮޝޭ،ޑަބަލް ކްރޮޝޭ
ހާފް ޑަބަލް ކްރޮޝޭ،ޓްރެބަލް ކްރޮޝޭ،އިންކްރީޒިންގް/ޑިކްރީޒިންގް
ރިންގް/މެޖިކް ރިންގް
ކުލަ ބަދަލު ކުރުން
ނިންމާނެގޮތް އަދި ވޫލް އަދި ވިޔާ ކަށްޓާގުޅޭ މައުލޫމާތު

ދިވެހި މުދައްރިސެއް

ކިޔަވައިދެއްވާނީ ތަޖްރިބާ ހުރި ދިވެހި މުދައްރިސެއް. 

އިތުރަށް އޮޅުންއަރާނަމަ ޓީޗަރާއި ސުވާލުކުރެވޭނެ

ބޭނުން ގަޑި އަކު ކިޔެވުމުގެ ފުރުސަތު

ކުލާސްތައް ބޭނުން ގަޑިއަކު ބަލާލެވޭނެ

ކޮންމެ ތަނެއްގައި ތިބެގެންވެސް ކިޔެވިދާނެ، ރާއްޖޭގެ ކޮންމެ ރަށަކުންވެސް ބައިވެރިވެވިދާނެ

ކޯހުގެ މުއްދަތު

ކޯހުގެ މުއްދަތު 1 މަސް، ކޮންމެ ފިލާވަޅެއް ކިޔާދިނުމަށްފަހު 3 ނުވަތަ 4 ދުވަސް މަސައްކަތް ނިތްމަން ލިބޭނެ

ބޭނުންވާ ހުރިހާ ސާމާނެއް ފޯރުކޮށްދެވޭނެ

ކޯހުގައި ބޭނުން ކުރާ ހުރިހާ އެއްޗެއް ފޯރުކޮށްދެވޭނެ    

އިތުރު މައުލޫމާތު ހޯދެއްވުމަށް 9678020 ގުޅާލައްވާ
ބައިވެރިވުމަށް ވައިބަރ ގުރޫޕަށް ވަންނަވާ

ކުރޯޝޭ ވައިބަރ ކޮމިއުނިޓީ


ކޯހާބެހޭގޮތުން ކުރެވޭ ބައެއް ސުވާލާއި ޖަވާބު

އެއްވެސް ވަރަކަށް ނޭގޭ ބޭފުޅަކަށް ބައިވެރިވެވިދާނެތޯއެވެ؟

އާދެ. މިކޯސް އަމާޒު ކުރެވިފަިވަނީ މުޅިން އަލަށް ދަސްކުރާފަރާތްތަކަށް، ހުރިހާ ބައިތަކެއްވެސް ކިޔާދީފައިހުންނާނީ ވަރަށް ފަސޭހައިން ނަގައިގަނެވޭ ގޮތަށް

ކޯސް ކުރިއަށްދާނީ ކިހިނެއްތޯއެވެ؟

ކޯސް ކުރިއަށްދާނީ ގަދަ10ގެ ސުޓޫޑެންޓް ޕޯޓަލް އަދި ވައިބަރ ގުރޫޕްގައި، ކޮންމެ މަސައްކަތެއްވެސް ނިތްމާފައި ވައިބަރ ގުރޫޕަށް ފޮޓޯ ފޮނުވަންޖެހޭނެ. ގުރޫޕަށް ފޮޓޯ ފޮނުވުމުން ޓީޗަރ އެމަސައްކަތް ބެލުމަށްފަހު ކޮމެންޓު ކުރާނެ

ކޯސް ކުރިއަށްދާއިރު ހަދަން ނޭގިއްޖެނަމަ ސުވާލުކުރެވޭނެތޯއެވެ؟

އާދެ، އެއްވެސް ތަންކޮށްޅެއް އޮޅުންއަރާނަމަ މިސްއާ ސުވާލުކުރެވޭނެ، ގުރޫޕްގައިވެސް އަދި ޕްރައިވެޓްކޮށްވެސް މިސްއާ ސުވާލުކުރެވޭނެ. އަދި އިތުރަށް ކިޔާ ދިނުމަށް އެ ނޭގުނު ތަންކޮޅު ރެކޯޑް ކޮށްފައި ފޮނުވާދެވޭނެ

ކުލާސްތައް އޮންނާނީ ކޮން ގަޑިއަކުތޯއެވެ؟

ކުލާސްތައް އެއްކުޖަކަށް ބޭނުން ގަޑިއަކު ގަދަ10ގެ ޕޯޓަލް އިން ބަލާލެވޭނެ. އެގޮތުން ކޮންމެތާކު ހުރެގެންވެސް ކިޔެވޭނެ، ފޯނުން، ޓްބްލެޓް/އައިޕެޑެ ، ލެޕްޓޮޕުން ކުލާސްތައް ބަލާލެވޭނެ

ކޯހުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރިހަކީ ކޮބާތޯއެވެ؟

ކޯހުގައި ބޭނުންކުރާ ކުރޯޝޭ ކިޓް ޑެލިވަރީ ކުރެވޭނެ މުއްދަތު އޮއްވައި ކޯހަށް ރަޖިސްޓަރ ކޮށްލަންވާނެ. މާލެ ނޫން ރަށްށެއްގައި އުޅޭނަމަ އަވަހަށް ރަޖިސްޓަރކޮށްލަންވާނެ.

ބައިވެރިވުމަށް ހަދަންޖެހެނީ ކިހިނެއްތޯއެވެ؟

މަތިގައިވާ ސައިންއަޕް ލިންކަށް ވަންނަވާ ރަޖިސްޓުރޭޝަން ފޯމް ފުރާލައްވާ