ގަދަ10 ގެ ކޯސްތައްކުރިއަށް ދާ ގޮތް

ގަދަ10ގެ ކުލާސްތަށް ކުރިއަށް ދާނީ މައިގަނޑު 2 ގޮތަކަށެވެ. އެއީ ލައިވް ކުލާސް އަދި އޮފްލައިން ކުލާސް

ލައިވް ކުލާސް: ލައިވް ކުލާސްތައް ކުރިއަށް ދާނީ ގޫގުލް މީޓް ނުވަތަ ޒޫމް މެދުވެރިކޮށެވެ. ކުލާހުގެ ލިންކު ކުލާސް ވައިބަރ ގުރޫޕްގައި ޝެއަރ ކުރެވޭނެއެވެ

އޮފްލައިން ކުލާސް: އޮފްލައިން ކުލާސްތައް ކުރިއަށް ދާނީ ގަދަ10ގެ ޕްލެޓްފޯމް ތަކުގައެވެ. މިކުލާސްތަކަށް ދަރިވަރުން ބޭނުންގަޑިއަކު ވަދެ ކުލާސް ބަލައިލުމުގެ ފުރުސަތު އޮންނާނެއެވެ. އެގޮތުން ކުރޯޝޭ ކޯހަކީ އޮފްލައިން ކުލާހެކެވެ. އެއްކުއްޖަކު ބޭނުން ގަޑިއަކު ކުލާސް ބަލާލެވޭނެއެވެ

ކޯހުގައި ބައިވެރިވުމުން ކޮންމެ ދަރިވަރަކުވެސް ކޯހުގެ ވައިބަރ ގުރޫޕަށް ޖޮއިންކޮށްދެވޭނެއެވެ. ކޯހުގެ އިތުރު މައުލޫމާތުތައް ކުލާސް ގުރޫޕްގައި ޝެއަރ ކުރެވޭނެއެވެ

ގަދަ10 ގެ ކޯސްތަކުގައި ދަރިވަރުން ކުރާ މަސައްކަތްތައް ގަދަ10ގެ މާރކެޓިން ގައި ބޭނުން ކުރެވޭނެއެވެ

ކުރޯޝޭ ކޯސް

ކުރޯޝޭ ކުލާސްތައް ކުރިއަށް ދާނީ ގަދަ10ގެ ދަރިވަރުންގެ ޕްލެޓްފޯމް އަދި ވައިބަރ ގުރޫޕްގައިއެވެ. ހުރިހާ ޓިއުޓޯރިއަލްތަކެއްވެސް ދަރިވަރުން ބޭނުން އިރަކު ގަދަ10ގެ ސުޓޫޑެންޓް ޕޯޓަލް އިން ބެލޭނެއެވެ. ފުރަތަމަ ކުލާސްފިޔަވައި ހުރިހާ ކުލާހެއް އޮންނާނީ ގަދަ10ގެ ސުޓޫޑެންޓް ޕޯޓަލްގައެވެ. އިންޓަރނެޓް ލިބޭ ކޮންމެ ހިސާބެއްގަ ހުރެގެންވެސް ކުލާސްތައް ދަރިވަރުންނަން ބަލާލެވޭނެއެވެ

ކޯސްތަކުގައި ބައިވެރިވުމަށް

ކޯހުގެ ފޯމް ލިންކު ގަދަ10ގެ ވެބްސައިޓުން ނުވަތަ ގަދަ10ގެ ކޯސް ވައިބަރ ގުރޫގައި ލިބެން ހުންނާނެއެވެ. ފޯމް ފުރާލުމަށް ފަހު ޖާގަ ކަށަވަރުކުރުމަށް ކޮންމެ ދަރިވަރަކުވެސް އަވަހަށް ކޯހުގެ ފީ ދައްކަވަން ވާނެއެވެ. ފީ ނުދެއްކިގެން ޖާގަ ކަށަވަރު ނުކުރެވިއްޖެނަމަ އެކަމުގެ ޒިންމާ ގަދަ10ގެ ފަރާތަކަން ނުނަގާނެއެވެ

ކޯސް ރީފަންޑު

ގަދަ10ގެ ކޯސްތަކަށް ކުރިމަތިލާ ފަރާތްތަކުން ޕޭމެންޓް ހެދުމަށް ފަހު ރީފަންޑް ބޭނުންނަމަ ރީފަންޑު ކޮށްދެވޭނީ ކޯސް ފެށުމުގެ ކުރިން ރީފަންޑަށް ރިކުއެސްޓް ކުރުމުންނެވެ. އަދި ކޯހުގެ ތަކެތި ހަވާލުކޮށްފައިވާ ކޯހެއްނަމަ ތަކެތި އަނބުރާ ގަދަ10 އަށް ލިބުމުންނެވެ. އަދި ރީފަންޑު ކޮށްދެވޭނީ އެޑްމިން ފީއެއްގެ ގޮތުގައި 95ރ ކެނޑުމަށް ފަހުއެވެ

ރީފަންޑު ފޮނުވޭނީ ގަދަ10 އަށް ޕޭމެންޓް ފޮނުވާފައިވާ އެކައުންޓަށެވެ. ރީފަންޑު ލިބެންޖެހޭ ފަރާތެއްނަމަ ރީފަންޑަށް އެދޭތާ 30 ދުވަސްތެރޭގައި ރީފަނޑު ފޮނުވާދެވޭނެއެވެ



ގަދަ10ގެ ހުރިހާ ކޯސްތަކެއްގައިވެސް ބައިވެރިވެވޭނީ ގަދަ10 ގެ ކޯސްތަކުގެ ގަވާއިދަށް އެއްބަސްވެގެންނެވެ

އަޅުގަނޑުމެންނާ ގުޅުއްވުމަށް

ގަދަ10 އާއި ގުޅުއްވުމަށް 9678020 އަށް ވައިބަރ ކުރައްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ